އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުމުގައި މަޝްވަރާކޮށްފައި ވަނީ މަޖިލީހުން ސަރުކާރަށް އަދި ސަރުކާރުން މަޖިލީހަށް އެއްބާރުލުން ދިނުމާ ބެހޭގޮތުނެވެ.
މަޖިލީހުގެ ރައީސް އެ ބައްދަލުވުމުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމާއި ގުޅޭ ކަންކަން ވެސް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ.
އެ ބައްދަލުވުމަކީ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް ބޭއްވި ބައްދަލުވުމެކެވެ.