އަދާލަތު ޕާޓީގެ މަގުސަދުތައް ހާސިލު ކުރުމުގެ މަސައްކަތް އެ ޕާޓީގެ ގުނަވަންތަކުން ހިތްވަރާއެކު ބާރަށް ކުރިޔަށް ގެންދާނެ ކަމަށް ޕާޓީގެ ރައީސް ޝައިޚް އިމްރާން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަދާލަތުގެ ފަރާތުން ހަރަކާތްތެރިވި ޓީމުތަކާއެކު ރޭ ބޭއްވި ބައްދަލުވުގައި އިމްރާން ވިދާޅުވީ އަދާލަތު ޕާޓީގެ މަގުސަދުތައް ހާސިލު ކުރުމުގެ މަސައްކަތް އެ ޕާޓީގެ ގުނަވަންތަކުން ހިތްވަރާއެކު ބާރަށް ކުރިޔަށް ގެންދާނެ ކަމަށާއި ވަކިން ޚާއްސަކޮށް އިލްމުވެރިންގެ މަޖިލީހުގެ މަސައްކަތް ބޮޑުތަނުން ފުޅާ ކުރާނެ ކަމަށެވެ.
އަދާލަތު ޕާޓީގެ ޑރ.މުޙައްމަދު އިޔާޟް ވިދާޅުވި ގޮތުގައި ކެމްޕޭނު ޓީމުތައް މަޑުޖައްސާލާކަށް އަދި ނުވެއެވެ. ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެ ޕާޓީގެ ޓީމުތަކުންބމަސައްކަތް ކުރި ރަށްރަށުގައި ޖުމްލަ ގޮތެއްގައި ނަތީޖާ ރަނގަޅު ކަމަށާއި އެއްވާނެއްގައި ހިފައި ހޭރިޔާ ކުރަންވީ މަޖިލީސް އިންތިޚާބަށް ކަމަށް ވެސް އިޔާޟް ވިދާޅުވިއެވެ.