ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ހަމަލާދިން މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައިރު މެންހަޓަން ހޮޓެލްގައި ހުންނަވަނިކޮށް ޝަރީފަށް ހަމަލާ ދިން މައްސަލާގައި ފުރަތަމަ ހައްޔަރު ކުރީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭގެފަހުން މި މައްސަލާގައި 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭ ތަފްސީލެއް އަދި ލިބޭ ގޮތެެއް ނުވެއެވެ.
ޝަރީފަށް ބަޔަކު ހަމަލާދިންއިރު ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދަށް ވެސް ހޮނިހިރު ދުވަހު ވަނީ ގުރޫޕަކުން ހަމަލާދީފައެވެ. މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެއެވެ.