ވަޒީފާއަށް ސިންގަޕޫރަށް ހިޖުރަކުރި މީހުންގެ އަދަދު 162،000 އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އޭޝިއާގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ސިންގަޕޫރުން އާންމުކުރީ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން އިން މި އަހަރުގެ ޖޫން މަހާ ހަމައަށް އެ ގައުމަށް ވަޒީފާއަށް ހިޖުރަކުރި މީހުންގެ އަދަދު ވަނީ 162،000 އަށް އަރަފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހާއިހަމަށް ސިންގަޕޫރުގެ އާބާދީއަށް 5.9 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވެއެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި އެ ނިސްބަތް އުޅުނީ 5.6 ޕަސެންޓްގައެވެ.
އާބާދީއަށް ކުރިއަރުން އައި ސަބަބުތަކު ތެރޭގައި ކޯވިޑް-19އަށް ފަހު ވަޒީފާ އާއި ތައުލީމު ހޯދަން ފަދަ ކަންކަމަށް ސިންގަޕޫރަށް ހިޖުރަކޮށްފައިވާ މީހުން އިތުރުން ހިމެނެއެވެ.
6 މިލިއަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގެ މިހާރު އާބާދީއަށް ބަލާ އިރު 61 ޕަސެންޓަކީ ސިންގަޕޫރްގެ ރަށްވެހިންނެވެ. އަދި 9 ޕަސެންޓަކީ ދާއިމީ ރަށްވެހިންނަށްވާ އިރު 30 ޕަސެންޓަކީ ވަޒީފާ އާއި ތައުލީމަށްޓަކައި ހިޖުރަކޮށްފައިވާ މީހުންނެވެ.
ސިންގަޕޫރްގެ އާބާދީއަށް 5.9 ޕަސެންޓްގެ ކުރިއެރުމެއް އައި އިރު 2020 ވަނަ އަހަރު އާބާދީއަށް 2 ޕަސެންޓްގެ ދަށްވުމާއި ކުރިމަތިލާން ޖެހުނެވެ.
އެއީ 1970 ވަނަ އަހަރުގެ ފަހުން ސިންގަޕޫރަށް ހިޖަކުރާ މީހުން މަދުވެ އާބާދީ އެހާ ބޮޑަށް ދަށްވި ފުރަތަމަ ފަހަރު ވެސް މެއެވެ.