ވިހެއުމަށް ފަހު ހަށިގަނޑަށްއައި ބަދަލާއި އެކު އާއްމުން ފާޑު ކިޔާ ކަމަށް ބިޕާޝާ ބަސޫ ހާމަކޮށްފިއެވެ.
މި ފަހުން ބިޕާޝާ ހާމަކޮށްފައިވާ ގޮތުގައި ވިހެއުމަށް ފަހު އޭނާގެ ހަށިގަނޑަށް ވަނީ ވަރަށް ބޮޑަށް ބަދަލު އައިސްފައި ކަމަށާއި އެގޮތުން އޭނާގެ ބަރުދަން ވެސް އިތުރުވެފައިވާ ކަމަށް ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މިކަމުގެ ސަބަބުން ގިނަ މީހުން އަންނަނީ ފާޑު ކިޔަމުން ކަމަށާއި އޭނާގެ ހަށިގަނޑު ހުންނަ ގޮތަށް މަލާމަތްކޮށް މަގުމަތިން ފެނުމުން ވެސް އެއްޗެހިކިޔާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
ހަށިގަނޑު ހުންނަ ގޮތަށް މަލާމަތްކޮށް އެއްޗެހި ކި ނަމަވެސް އޭނާ އެކަމަށް ސަމާލުކަމެއް ނުދޭ ކަމަށާއި ދަރިއަކު ލިބުމަކީ އޭނާ އަށް ލިބުން ވަރަށް ބޮޑު އުފަލެއް ކަމުގައި ވެސް ބިޕާޝާ ވަނީ ހާމަކޮށްފައެވެ.
ބިޕާޝާއަށް ދެވީ ބަސޫ ސިންގް ގްރޯވާ ލިބިފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައެވެ.