ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތުގެ ކުރިއަށް އޮތް ފިލްމު ”ތޭޖާސް“ ރިލީޒް ކުރާ ތާރީހް އާއްމުކޮށްފިއެވެ.
މި ފިލްމުގެ ޕޯސްޓަރާއި ޓީޒާ އާއްމުކުރުމަށް ފަހުގައި ވަނީ މި ފިލްމު މި މަހު 27ގައި ސިނެމާތަކަށް ނެރޭނެ ކަމަށް ހާމަކޮށްފައެވެ.
މި ފިލްމުގައި ކަންގަނާ ފެނިގެންދާނީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލުންނެވެ. މި ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށާއި މި ފިލްމު ބަލަން ބޭނުންވާ ކަމަށް އާއްމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ހާމަކުރަމުންނެވެ.
މި ފިލްމަކި ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް ސަރްވޭޝް މެވާރާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ކަންގަނާ ފެނިގެންދާނީ ވެސް މުޅިން ތަފާތު ގޮތަކަށް ކަމަށް ވަނީ ހާމަކޮށްފައެވެ.