ޕްރަޔާގްރާޖް ދަނޑުތެރޭގައި އަތްފައި ބަނދެ މަރުވެފައި އޮއްވާ ފެނުނީ ޓެމްޕަލްގެ ފާދިރީ
އިންޑިއާގެ ޕްރަޔާގްރާޖް ސިޓީގެ އާނާޕޫރު އަވަށުގެ ދަނޑެއްގެ ތެރޭގައި އަތްފައި ބަނދެފައި މަރައިލައިފައި އޮތް މީހަކު ފެނިއްޖެއެވެ.
އެ އަވަށުގެ ފުލުހުން ބުނީ އަނިޔާވެރި ގޮތަކަށް މަރާލައިފައި އަދި އެއްލާލައިފައި ވަނީ އެއަވަށުގައި ހުންނަ ހަމައެކަނި ފައްޅީގެ އިސްފާދިރީ ކަމަށެވެ.
ފުލުހުން ވަނީ މަރުވި މީހާގެ ވަނަވަރުވެސް ޢާއްމުކޮށްފައެވެ. އެގޮތުން ފުލުހުން ބުނި ގޮތުގައި އެ ފާދިރީއަކީ މަނިންދްރާ ނާތު ތިވާރީ (50އ) ނަމަކަށް ކިޔާ ފިރިހެނެކެވެ.
ފުލުހުން ބުނީ ހަށިގަނޑުގެ އަތްފައި ބަނދެ، ގައިގައި ފޮތިގަނޑެއް އަޅުވާފައި ވާ ކަމަށާއި އަދި އަނގަޔަށް ފޮތިގަނޑެއް ގަންބާފައިވާ ކަމަށެވެ.
ތިވާރީ މަރުވީ ނޭވާ ހާސްވުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
”ފުލުހުން ބުނީ ހަށިގަނޑުގެ އަތްފައި ބަނދެ، ގައިގައި ފޮތިގަނޑެއް އަޅުވާފައި ވާ ކަމަށާއި އަދި އަނގަޔަށް ފޮތިގަނޑެއް ގަންބާފައިވާ ކަމަށެވެ.“
….. ބަހަވީ ހަމަތަކުން ލިޔަން ދަސްކުރޭ.