ރައްޔިތުންގެ މަޖިލީހަށް އަލަށް އިތުރުވި ފޭދޫ އުތުރު ދާއިރާގެ ގޮނޑިއަށް އިމާދު ވާދަކުރައްވަން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދަވާ އިމާދު ޞާލިޙް ނިންމަވައިފިއެވެ.
އިމާދު މިކަން ހާމަކުރެއްވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފޭދޫ އުތުރު ދާއިރާ (މަރަދޫފޭދޫ/ފޭދޫ) ގެ މަޖިލިސް ގޮނޑިއަށް ކުރިމަތިލެއްވުމަށް ނިންމެވިކަން ހާމަކުރައްވައި އޭނާ ވަނީ މި ގޮނޑި ކާމިޔާބު ކުރުމުގައި ދާއިރާގެ އެންމެހައި ބޭފުޅުންގެ އެހީތެރިކަން ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
މި ހިނގާ ދައުރުގައި މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދަކީ 87 އެވެ. ނަމަވެސް އަލަށް އިތުރުކުރި 6 ދާއިރާއެކު އަންނަ އަހަރު ބާއްވާ އިންތިޚާބުގައި ޖުމްލަ 93 މެންބަރުން އިންތިޚާބު ކުރާނެއެވެ.
ސޮރީ