ދިވެހިން ބޭނުންވާ ގޮތަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.
ޑރ.މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ ގޮތް ނިންމާފައި ކަމަށާއި އެގޮތަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުން ކަމަށްވާ އިރު ރައްޔިތުން ނިންމި ގޮތަށް އެކަން ކުރާނެ ކަމަށެވެ.
ޑރ.މުއިއްޒު އެފަދައިން ވިދާޅުވެ ޔަގީންކަން ދެއްވާފައި ވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ޝުކުރު ދެންނެވުމަށް މިރޭ މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ބޭރުގެ ސިފައިން ރާއްޖެ އިން ފޮނުވާލާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ކޮންގައުމެއްގެ ސިފައިން ކަމެއް ވިދާޅުވެފައި ނުވެއެވެ.