އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން އައްޑޫ ސިޓީ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) މިއަދު ހާމަކުރައްވައިފިއެވެ.
އައިބީ މިއަދު ފޭސްބުކްގައިި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ.
މި ގޮތަށް ނިންމެވީ ފޭދޫ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިންކަމަށް އޭނާވިދާޅުވިއެވެ.
”ފޭދޫގެ ލޮބުވެތި އެންމެހާ ރައްޔިތުން އަޅުގަނޑަށް ތާއީދު ކޮއްދެއްވުން އެދެމެވެ.“
އައިބީ މީގެކުރިން މަޖިލީހުގައި ފޭދޫ ދާއިރާ ތަމްސީލު ކުރެއްވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އޭނާ ވަނީީ އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ވެސް ފޭދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައިފައެވެ.