ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގައި މެންހަޓަން ހޮޓެލްގައި ހުންނަވަނިކޮށް މެމްބަރު ޝަރީފަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވަނީ އޭނާއަށް ހަމަލާ ދިން ގޭންގް މެެންބަރުން ކަމަށް ވިދާޅުވެ ބައެއްގެ ފޮޓޯތަކެއް ހިއްސާކުރައްވައިިފައެވެ.
ޝަރީފަށް ހަމާލާދީފައިވާއިރު ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދަށް ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ގުރޫޕަކުން ހަމަލާދީފައެވެ.