ތިލަމާލެ ބްރިޖު ނިންމަން ކަނޑައެޅި މުއްދަތުގައި ނުނިމުމުން އެކަމާއި ހިތާމަކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަޝްރޫއު ނިންމުނުނަމަ ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ނަތީޖާއަށް ވެސް ހެޔޮ އަސަރެއް ކުރީސް ކަމަށާާއި ޓެކްނިކަލް ގިނަ މައްސަލަތަކާއި ގުޅިގެން މަޝްރޫއުގެ މަސައްކަތް ލަސްވެފައިވާތީ އެކަމާއި ހިތާމަކުރާ ކަމަށެވެ.
”ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު. އެއީ އަޅުގަނޑު ދެރަވެ ހިތާމަކުރާ ކަމެއް. އެކަންކޮށް ނިންމުނު ނަމަ އަޅުގަނޑުމެންގެ މި އިންތިޚާބުގެ ނަތީޖާއަށް ވެސް އޭނގެ ހެޔޮ އަސަރެއް ކުރީސްކަން އަޅުގަނޑަށް ފާހަގަކުރެވޭ. އެހެން ނަމަވެސް ޓެކްނިކަލް އެތައް މައްސަލައަކާއި ހެދި އެކަން ފަސްވެގެން ގޮސްފައި އޮތް އަޅުގަނޑަށް ފާހަގަކުރެވޭ.“ ރައީސް ޞާލިހު ވިދާޅުވިއެވެ.
ރައީސް ޞާލިހު އެ ފަދައިން ވިދާޅުވީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.