އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު
ދިވެހި ރައްޔިތުންނާ ބައްދަލު ކުރެއްވުން މިރޭ ސޯޝަލް ސެންޓަރުގައި އޮންނާނެ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޑރ.މުޢިއްޒު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ބާއްވާ ޖަލްސާ ކުރިން ބާއްވާ ގޮތަށް އޮތީ ރޭގައެވެ.
އާޓިފިޝަލް ބީޗުގައި ބާއްވާ ގޮތަށް ހަމަޖެއްސުމަށްފަހު އެ ޖަލްސާ ކެންސަލް ކުރީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޠަލާލް މިއަދު ވިދާޅުވީ ޑރ.މުޢިއްޒު މިރޭ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ސޯޝަލް ސެންޓަރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.