ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަން ލެވަލް އެންމެ މަތިކުރުމަށްފަހު ލެވަލް 1 އަށް ދަށްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކުރިއަށް ގެންދިޔަ ބްލޫވޭވް އޮޕަރޭޝަނަށް ފުލުހުންގެ އޮޕަރޭޝަން ލެވަލް 3 އަށް މަތިކުރުމަށްފަހު މިހާރު ލެވަލް 1 އަށް ދަށްކޮށްފައިވާ ކަމަށެވެ.
ފުލުހުން ވަނީ އިންތިޚާބުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.