މިދިޔަ ހޮނިިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެ ކަމެއް ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މި ކަންކަމަށް އެދިވަޑައިގެންނެވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އޭގެތެރެއިން އެއް ކަމަކީ ހެޔޮ ވެރިކަމެއް ކޮށްދެއްވުން ކަމަށާއިި ދެވަނަ ކަމަކީ މި ސަރުކާރުން ގައުމުގެ ތަރައްގީއަށްޓަކައި ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސްދެއްވުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މި ކަންކަމަށް އެދިވަޑައިގެންފައިވާއިރު ކެމްޕޭން ތެރޭގައި މުޢިއްޒު އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ މި ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ހުއްޓާނުލައްވާނެ ކަމުގެ ވާހަކަފުޅެވެ. މުޢިއްޒު ވަނީ ތަަރައްގީ ގެނައުމުގައި އާބާދީގެ ސައިޒަކަށް, މީހާ ހުރި ޕާޓީއަކަށް ނުބައްލަވައި ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.