ބޮލީވުޑްގެ ތަރި ދިއާ މިރްޒާ ފިލްމީ ދާއިރާއަށް އެނބުރި އައީ މި ދާއިރާއަށް އަންނަން ބޭނުންވާތީ ކަމަށް އޭނާ ހާމަކޮށްފިއެވެ.
މި ފަހުން ދިއާ ދީފައިވާ އިންޓަވިއުއެއްގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި ފިލްމު ކުޅުމަކި އޭނާ ވަރަށް ކުރަން ބޭނުންވާ ކަމެއް ކަމަށާއި މި ދާއިރާ ދޫކޮށްލަން އޭނާ ބޭނުން ނުވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ނަމަވެސް މީގެ ކުރިން މިދާއިރާއަށް ވަގުތު ހޭދަކުރި ގޮތަށް ނުކުރެވޭނެ ކަމަށާއި އޭނާ ފިލްމުތައް ނަގަނީ އާއިލާއަށް ވަގުތު ދިނުމަށް ފަހުގައި ލިބޭ ހުސްވަގުތު ތަކުގައި ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
ފިލްމުގެ ލީޑް ރޯލް ނޫނަސް އޭނާއަށް މައްސަލައެއް ނެތް ކަމަށާއި އޭނާ ބޭނުންވަނީ ވެސް ކުޑަ ކުޑަ ރޯލެއް ކުޅުމަށް ފަހުގައި އަވަހަށް އާއިލާ ކައިރިއަށް ދާން ކަމަށް ވެސް ދިއާ ވަނީ ހާމަކޮށްފައެވެ.
ދިއާ ބޮލީވުޑްއަށް ނުކުމެފައިވަނީ އާރް މަދަވަން އާއި ސައިފް އަލީ ޙާން އެކު ފެނިގެން ދިޔަ ފިލްމު ”ރެހްނާ ހެއި ތޭރޭ ދިލް މެއި“ އިންނެވެ.