ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ދެންމެ ބުނީ ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް ކަމަށެވެ.
މިއީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެކެވެ. ފުލުހުން ވަނީ ގެއްލިގެން ހޯދަމުންދާ ކުއްޖާގެ ފޮޓޮއާއި މަޢުލޫމާތު އާއްމުކޮށް، ކުއްޖާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
ފުލުހުން ބުނީ މި ކުއްޖާގެ އާއިލާއަށް ޚަބަރެއްނުވެ، ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މީގެ އިތުރުން އާއިލާއާ ހަވާލާދީ ފުލުހުން ބުނީ ޚަދީޖަތު މައިސަރާ އެންމެ ފަހުން ފެނިފައި ވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ހަވީރު ނައިފަރުން ކަމަށެވެ. ގެއްލުނު އިރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖިންސެއް ކަމާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
ޚަދީޖަތު މައިސާރާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.