މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފައިވީ ނަމަވެސް ބައެއް ޚިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އިމިގްރޭޝަންގެ ވިސާ އަދި ޕާސްޕޯޓް ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް މާދަމާ ހެނދުނު 08:30 އިން ފެށިގެން ހަވީރު 17:00 ހަމައަށް ޚިދުމަތް ދޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އި ވިސާގެ ޚިދުމަތް ވެސް ހެނދުނު 09:00 އިން މެންދުރު 14:00 ހަމައަށް ދޭނެ ކަމަށެ އިމިގްރޭޝަނުން ބުނެއެވެ.
ކިޔުބީ އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.