އެމްޑީޕީގެ ގައުމީ މަޖިިލީހުގެ %50 ތާއީދު އޮތްނަމަ ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ފޮނުއްވި މެސެޖެއްގައި އެ ޕާޓީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިިލީހުގެ %50 ތާއީދު އޮތްނަމަ އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށެވެ.
އެނގިފައިވާ ގޮތުން ފައްޔާޟް ވަނީ ނަޝީދުގެ މެސެޖު ގައުމީ މަޖިިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވައިފައެވެ.
ރާއްޖޭގައި މިވަގުތު ކަންކަން ހިނގަމުންދާ ގޮތަށް ބަލައި އެމްޑީޕީގައި ހުންނެވުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ ޖޫން 21 ގައެވެ. އޭގެފަހުން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތީ ޖުލައި 31 ގައެވެ.