އިންތިޚާބީ ރައީސް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށް އެ ޕާޓީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ އޭނާ ދެންމެ ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ހަސަންގެ ޓްވީޓްގައި ވިދާޅުވީ ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓްސް ބައިވެރިވާނެ ކަމަށެވެ.
ޑިމޮކްރެޓްސްގެ ޗެއާ ޕާސަން ހަސަން ލަތީފް މިހެން ވިދާޅުވެފައި ވާއިރު ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް އިން އެއްވެސް ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް ނުވެއެވެ.
ނަމަވެސް ބޮޑު ތަފާތަކުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޢިއްޒު ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ވާދަކުރައްވާ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
މިއަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރަތުގައިވެސް އަޅުގަޑު ގޭދޮށު ޓީމް ބައިވެރިވުމަށް ނިންމައިފީމެވެ. ސަލާމް.
މިބައިގަނޑު މިއުޅެނީ އަނެއްކާވެސް އަނެއް ފަނި ސަރުކާރުތެރެއަށް ވައްދަން މުޢިއްޒު ވިސްނުން ތެރިކަމާއެކު ސާބިތުވެ ހުންނަވާތި ވަރަށް ފާޑުފާޑުގެ ނުބައި ރޭވުންތައް އެބައިމީހުން އެބަރާވައި ބުއްދިވެރިކަމާއި‘ ވިސްނުން އިސްކުރައްވާތި
MDP ވެސް JP ވެސް ޑިމޮކްރެޓްވެސް މުޢިއްޒަކަށް އަދި PPM އަކަށްވެސް އިޙްލާޞްތެރިނުވާނެ އެއީ ހަމަ އަދާވާތްތެރިން
ދެން މި ހަސަންމެން އުޅޭގޮތެއްދޯ ލަދުންގޮސް ބޯހަލާކު މީގެ 6 ވަރަކައް ދުވަސްކުރިންކީ އެއްވެސް ޕާޓީއެއްގެ ފަހަތަކައް ނާރާނަމޭ އެއްބަޔަކައްވެސް ތާއީދެއްނެތޭ ކަލޭމެން ވޯޓުލާނެ ބަޔަކައް ވޯޓް ލާސޭ ކިޔާފަ މުއީޒް މޮޅުވީމަ އަހަރުމެން ކަލޭމެންގެ ސަރުކާރާ ބައިވެރިވާނަމޭ ކީއްކުރަންތޯ އެއްލައްކަ އޮނަތިރީސްހާސް މީހުން އެބަތިއްބޭ ބައިވެރިވާން ސަރުކާރު ހިންގަން ދެންތިބޭފުޅުން ބައިވެރިވެގެން ކޮންމެސް އެހެންކަމަކާ އުޅެންވީނޫންތޯ ކޮންމެހެން މުއީޒު ސަރުކާރާ ބައިވެރިވެގެން ކީއްކުރަންތޯ އަޅުގަނޱުމެން ކުޱައިރު ބަތްކައްކާ ކުޅުނު ދުވަސްވަރު 1970 ގަ އެހާހިސާބުގާ އަޅުގަނޱުމެން ކުޅެއުޅުނު ހިރި ކިޔާއެއްޗެއް ފައިގަތަޅާ މަންޱި މި ކަހަލަ ކުޅިވަރުތަކުގަ ބުނާނެ އޭ ކަލޭ ކަނޱާލީއޭ ދެން ކަލޭ ނުލައްވާނަމޭ ހަމަ ކުޱަ އިރުކޮޅަކުން ބުނާނެ އާ އަންނާށޭ މިހާރު ކަލޭ މި ލެއްވީޔޭ ދެން ކުޅެން އަނަނާށޭ މިޔާ ހަސަންތިކިޔާ އެއްޗިއްސާ ކޮބާ ތަފާތެއް މީ 2023 ހަސަނާ ތަންކޮޅެއް ތަސައްވަރު ފުދިބަލަ މުއީޒު ނޫޅޭ މޮޔަވެގެން ކަލޭމެން ލައްވާކައް ތި ތިބީ ކަނޱާލާފަ ދެން ނުލައްވާނަން އެއްތާކައްވެސް އެމްޱީޕީ އައްވެސް ޕީޕީއައްވެސް ޕީއެންސީ އައްވެސް ވަރައްސަލާމް