ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔަ ވަގުތު ގދ.ވާދޫގައި ވޯޓު ފޮށްޓެއް ފަޅައިލި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 60 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ފިރިހެނެއް ކަމަށެވެ.
އަދި އޭނާގެ ބަންދަށް ކޯޓުން މިއަދު 60 ދުވަސް ދީފައިިވާ ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ބޭއްވި އިންތިޚާބުގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިއުމަށްޓަކައި ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ދަށުން 14 މީހަކު ހައްޔަރުކުރިއެވެ. އެ މީހުންގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.