މާފުށީ ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ގެއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ކުރި ހޯއްދަވައި އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލުކުރައްވައިފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޔާމީން ގެއަށް ބަދަލު ކުރުމުގެ މަސައްކަތް ފެށީ އެ ބައްދަލުވުމަށްފަހުއެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރާކަން މިހާރު ވަނީ އެމަނިކުފާނުގެ އާއިލާއަށް އަންގާފައެވެ. އެނގިފައިވާ ގޮތުން މިއަދު 14:30 ގެ ކުރިން ޔާމީން ގެއަށް ބަދަލު ކުރާނެއެވެ.
މިކަމާ ގުޅޭ ގޮތުން ކަރެކްޝަންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.