މޫސުން ގޯސްވުމުގެ ސަބަބުން އުތުރުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްއިން ރީނދޫ ސަމާލު ނެރެފައިވަނީ ށ.އަތޮޅުން ފެށިގެން ޅ.އަތޮޅަށެވެ. އެ ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ 10:30 އިން ފެށިގެން 14:00 ގެ ނިޔަލަށެވެ.
މެޓް އޮޮފީހުން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާބެހޭ ގަވާއިދު ގަވާއިދުގައި ބުނެފައިވާ ގޮތުން މޫސުމީ ސަމާލުގެ ތެރެއިން ރީނދޫ, އޮރެންޖް އަދި ރަތް ސަމާލު ނެރެފައިވާ ސަރަހައްދެއްގައި ނުވަ މީޓަރުން ފެށިގެން ދަށުގެ އުޅަނދުފަހަރުގައި ފަސިންޖަރުން އުފުލުމަކީ މަނާކަމެކެވެ. ނަމަވެސް ސަރުކާރުގެ އިދާރާއަކުން ހުއްދަ ލިބިގެން ކުރާ އިމަރޖެންސީ ދަތުރުތައް ކުރުމަށް ހުރަހެއް ނެތެވެ.