ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އިންތިޚާބީ ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) އަށް މަރުހަބާ ވިދާޅުވެ ޔުމްނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ އުންމީދަކީ އަނިޔާވެރި ނޫން, އޯގާތެރި ވެރިކަމެއް ކުރެއްވުން ކަމަށެވެ.
”އަނިޔާވެރި ނޫން، އޯގާތެރި، އަދުލުވެރި ވެރިކަމެއް ކުރައްވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.“ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ވިދާޅުވިއެވެ.
އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި އެމްޑީޕީން އެންމެ ގަދައަަށް ދެއްކި އެއް ވާހަކައަކީ ކުރީ ސަރުކާރުގެ އަނިޔާވެރި ކަމުގެ ވާހަކައެވެ. މުޢިއްޒު ހޮވަން ލާ ވޯޓަކީ އަނިޔާވެރިކަން އިއާދަކުރުމަށް ދޭ ވޯޓެއް ކަމަށް ދިޔައީ ބުނަމުންނެވެ. އޭގެތެރެއިން އެއް ބޭފުޅަކީ ޔުމްނާއެވެ.
ޔުމުނާއަކަށް ތިބަސްބުނަށް އެހާނުގުޅެ