އޭނާއަށް ހަމަލާ ދިން ގޭންގް މެެންބަރުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އެކްސްގައި ބައެއްގެ ފޮޓޯތަކެއް ހިއްސާކުރައްވައިިފިއެވެ.
މެންހަޓަން ހޮޓެލްގައި ހުންނަވަނިކޮށް މެމްބަރު ޝަރީފަށް ބަޔަކު ހަމަލާ ދިނީ އިއްޔެގައެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ ފުލުހުން ދަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. ނަމަވެސް އަދި މީހަކު ހައްޔަރުކުރި ކަމެއް ސާފެއް ނޫނެވެ.
ރޭ 22:30 ހާއިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަރީފް ވަނީ އޭނާއަށް ހަމަލާ ދިން ގޭންގް މެެންބަރުން ކަމަށް ވިދާޅުވެ ބައެއްގެ ފޮޓޯތަކެއް ހިއްސާކުރައްވައިިފައެވެ.
ޝަރީފް ހިއްސާކުރެއްވި އެއް ފޮޓޯގައި ހުރީ އެންމެ މީހެކެވެ. ދެވަނަ ފޮޓޯގައި ދެތިން ހަތަރު މީހަކު ފެނެއެވެ.
ޝަރީފަށް ހަމާލާދީފައިވާއިރު ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދަށް ވެސް އިއްޔެ ވަނީ ގުރޫޕަކުން ހަމަލާދީފައެވެ.