އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމާމެދު ފަހުން ހިތާމަކުރާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްވަރުގެ އޯގާަތެރި، ހެޔޮވެރިއެއް މި ގައުމު ނުދެކޭ ކަމަށް މި ރާއްޖޭގެ ރައްޔިތުން އެއްއަޑަކުން ކިޔާ ދުވަސް މާލަހެއް ނުވާނެ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިޙް ހުރިހާ ރައްޔިތުންނަށް އަޅާލައި ރައްޔިތުންގެ އަޑުއައްސަވައި ރައްޔިތުންނަށްޓަކާ ވެރިކަން ކޮއްދެއްވި ހެޔޮ ރައީސެއް ކަމަށެވެ.
”މިއަދުގެ ނިންމުމާމެދު މުޅިރާއްޖެ ހިތާމަކުރާނެ“
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ވާދަކުރައްވައި %53 ވޯޓާއެކު އިންތިޚާބު ކާމިޔާބު ކުރެއްވީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއެވެ.
އަދިވެސް ރައްޔިތުންގެ ނިންމުމަށް ދެކޮޅު ހައްދަވަނީތޯ؟ ރޭގަނޑު ދުވާލަކަށް ނުވާނެ. ކަމަނާ ހެއްދެވި ދޮގުތައް ބިލާހަކަށްވެ ދިޔައީ. ދިވެހިން އެއަށްވުރެ މާ ސްމާރޓް.