ބޮލީވުޑްގެ ކިންގް ޝާޙް ރުކް ޙާންގެ ކޮންމެ ފިލްމަކަށް ވެސް އޭނާގެ އަންހެނުން ކޮމެންޓްކޮށް ގޮތްފާޑު ކިޔާ ކަމަށް ޝާހް ވަނީ ހާމަކޮށްފައެވެ.
މި ފަހުން އެކްސްގައި (ކުރީގެ ޓުވިޓާ) ގައި ސަޕޯޓަރަކު ގޯރީއަށް މި ފިލްމު ކަމުދޭތޯ ސުވާލު ކުރުމުން ޝާޙް ވަނީ މި ފިލްމުގައި ޝާޙް ކުޅުން ދެ ރޯލު ކަމަށްވާ ”އާޒަދް“ އަދި ”ވިކްެރަމް“ގެ ރޯލަށް ވެސް ގޯރީ ތައުރީފްކޮށްފައިވާ ކަމަށް ހާމަކޮށްފައެވެ.
ނަމަވެސް މި ފިލްމުގައި ޝާޙް އަޑު އެޅިއިރު ވާހަކަ ދެއްކި ގޮތް ގޯރީއަށް ކަމުނުދާ ކަމަށް ބުނުމުން ދެފަހަރަށް ގޮސް ފިލްމަށް އަޑުއަޅާފައިވާ ކަމަށް ވެސް ޝާޙް ވަނީ ހާމަކޮށްފައެވެ.
މި ފިލްމަށް ހޫނު ތަރުހީބެއް ލިބެމުންދާއިރު މިހާތަނަށް އިންޑިއަން ރުޕީސްގެ 1000 ކްރޯޑަށް ވުރެ ގިނަ އަދަދަކަށް ފައިސާ ލިބިފައިވާ ކަމަށް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.