ދަތްޕިލަ ރީތިކޮށް ހުދުކޮށް ބެހެއްޓަން އެންމެން ވެސް ބޭނުންވާނެއެވެ. އެހެނީ ދަތްޕިލާ ހަޑިވެ ރީނދޫ ވުމަކީ އާއްމުންގެ ތެރެއަށް ނުކުމެ ވާހަކަ ދައްކާ ހީ ސަމަސާ ކުރަން ވެސް ޖެހިލުންވާ ފަދަ ކަމެކެވެ.
އަނގައިގެ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަކީ ހަމައެކި ބޭސް ބޭނުންކޮށްގެން ނިންމާލެވޭނެ ކަމެއް ނޫނެވެ. އެގޮތުން ހިތި ގަހުގެ ގޮތްޕަކީ ދަތްޕިލައާއި އަނގައިގެ ރައްކާތެރިކަމަށް ހައްލު ހޯދައިދޭ އެއްޗެކެވެ.
ހިތި ގަހުގެ ގޮފިން ދަތް އުނގުޅުމަކީ ދަތަށް ވަރަށް ފައިދާ ވާނެ ކަމެކެވެ. ހިތި ގޮފިން ދަތް އުނގުޅާއިރު އޭގެ ތެޔޮ އަނގައަށް ދެ އެވެ. އެއީ އެންޓި ބެކްޓީރިއަލް އަދި އެންޓި މައިކްރޯބިއަލް ސިފަތައް ހުންނަ އެއްޗެކެވެ.
އެގޮތުން ހަފްތާއަކު ދެދުވަހު ހިތިގަހު ގޮފިކޮޅަކުން ދަތް އުނގުޅުމަށްފަހު އެހެން ދުވަސްތަކުގައި އާދައިގެ ބޭހުން އުނގުޅިދާނެއެވެ. މިއީ ހިރުގަނޑު ވަރުގަދަވެ އަނގައިން ނުބައިވަސް ދުވުން ހުއްޓުވުމަށް އެހީއަކަށްވާ ކަމަށެވެ. އަދި އޭޭގެ އިތުރުން ދަތް ހުދުވުމަށް ވެސް އެ ގޮފި އެހީތެރިވެދެއެވެ.