ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 586 ވޯޓު ފޮށި ބެހެއްޓިއިރު އޭގެތެރެއިން 523 ފޮށީގެ ނަތީޖާ ވަނީ ލިބިފައެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ ޑރ.މުޢިއްޒެވެ.
އެ ފޮށިތަކުން މުޢިއްޒަށް 108668 (%53.63) ވޯޓު މުޢިއްޒަށް ލިބިވަޑައިގެންނެވިއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 93939 (%46.37) ވޯޓެވެ.
މި އިންތިޚާބުގައި 282804 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބުނެވެ. ނަމަވެސް ވޯޓުލާފައިވަނީ ގާތްގަނޑަކަށް %85 އެއްހައި މީހުންނެވެ.