މިއަދު ކުރިއަށް ގެންދިޔަ ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގެ ވޯޓުލުން ނިމި ވޯޓު ގުނަން ފަށައިފިއެވެ.
ވޯޓުލުން ފެށިފައި ވަނީ މިއަދު ހެނދުނު 8:00 ޖެހުމާއި އެކުއެވެ. އަދި ވޯޓުލުން ނިންމާލާފައި ވަނީ މިއަދު ހަވީރު 05:00 ޖެހުމާއެކު އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ ވޯޓު ފޮށިތައް ބަންދުކޮށް ވޯޓު ގުނަން ފަށާފައިވާ ކަމަށެވެ.
މި އިންތިޚާބުގައި ރާއްޖޭގެ ރައީސް ކަމަށް ދެ ކެންޑިޑޭޓަކު ވާދަކުރި އިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްއެވެ. އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒެވެ.