އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުން ކަމަށް ފުލުހުން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު ފުލުހުން ދެންމެ އާންމު ކުރި ބަޔާނެއްގައި ބުނީ ޖިނާއީ ކުށްތަކަށް އަރައިގަންނަ ގުރޫޕްތަކުގެ ހަރަކާތްތައް މާލެ ތެރޭގައި މިއަދު އިތުރުވަމުން ދާކަމަށް ފުލުހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މިކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި އިންތިޚާބުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ހަމަ އެހެންމެ މިފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުން ބައެއް މީހުނަށް އިންޒާރުދީ ބިރުދެއްކުމާއި އިންތިޚާބާ ގުޅުންހުރި ކަންކަމުގައި މިއަދު ހަރަކާތްތެރިވާ ބައެއް ފަރާތްތަކަށް ހަމަލާދިނުންފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެންކަމުން ފުލުހުން ބުނީ މި މައްސަލަތައް ފުލުހުން ގެންދަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށެވެ.
Mihaivarudhuvaheggai polihunqnah kuriyah thayyaa ruvaan neygeneekeevve
ވަރށްފިޔަވަޅު އެޅިފާތަ ތިވަނީ ސަރުކާރުން ކުރާކަންތައްތައްއެގޭއިރުވެސް ފިޔަވަޅު އޮތީ އޮތްތާގަ