މާލޭގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް, ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަށް މިއަދު އިންޒާރު ދެއްވާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.
އަދާލަތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގިޔާސުއްދީން ސުކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި އިމްރާން ހަރަކާތްތެރިވެވަޑައިިގަންނަވަނިކޮށް ނަރީޝް, އިމްރާނާ ދިމާއަށް އަވަގުރާނަ ގޮވައި އަޑުގަދަކޮށް އިންޒާރުދީފައިވާ ކަމަށެވެ.
އަދި ރެއިން ފެށިގެން މިކަހަލަ ބިރުދެއްކުމުގެ ކަންކަން ޑރ.މުޙައްމަދު މުއިއްޒުގެ ކެމްޕޭން ޓީމުތަކުން ހިންގަމުންދާތީ އެކަންކަން ހުއްޓާލުމަށް ގޮވައިލާކަމަށް ވެސް އަދާލަތުން ބުންޏެވެ.
މިކަމާ ގުޅިގެން ނަރީޝް ވިދާޅުވީ އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް ކަމަށާއި އެތައް ރައްޔިތުން ތަކެއް ތިބި ތަނެއްގައި ނުހިނގާ ކަމެއް ހިނގި ކަމަށްދައްކަން މަސައްކަތް ކުރުމަކީ އިންތިޚާބުން ބަލިވެއްޖެ ކަން ކަށަވަރުވެ ޔަގީން ވާކަމެއް ކަމަށެވެ. އަދި މި އިންތިޚާބުން މުޢިއްޒު ބޮޑު ތަފާތަކުން ކާމިޔާބުކުރާނެ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.
އިމުރާނަކީ އަބަދުވެސް ދޮގުހެދުމަށް ކުޅަދާނަ.އަދި މަސްހޫރުމީހެންނު
Thiya kamala vary Gina vaahaka vihaa ne mihaar e ee MDP ah kaamiyaab nuv aane gen hew vaan feshee ma gaumuga hama nujehun ves hin gaane ma men nah maa kurin ves vis nijje Ibu bunaa gaumuge hama jehu muge vaahaka e ee idhi kolha kaamiyaab vejje nama mi bai gandu ham nujehun hinging nin maa fa othee ma