ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އަށް މިއަދު ބަޔަކު ހަމަލާދީފިއެވެ.
ފުލުހުން ބުނީ މެންހަޓަން ހޮޓެލްގައި ހުންނަވަނިކޮށް މެމްބަރު ޝަރީފަށް ބަޔަކު ހަމަލާ ދިން މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެހެންވެ ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އާންމުވެފައިވާ ފޮޓޯއަކުން ފެންނަ ގޮތުން މި ހަމަލާގައި ޝަރީފްގެ ލޮލަށް ވަނީ ގެއްލުންވެފައެވެ.
ޝަރީފަށް ހަމާލާދީފައިވާއިރު ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދަށް މިއަދު ގުރޫޕަކުން ހަމަލާދީފައިވާތީ ފުލުހުން އަންނަނީ އެ މައްސަލަ ވެސް ބަލަމުންނެވެ.