ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދަށް ބަޔަކު ހަމަލާދީފިއެވެ.
ފުލުހުން ބުނީ ނިހާދު ގައިގައި ޖަހާފައިވާ މައްސައެއް މިއަދު 11:45 ހާއިރު ރިޕޯޓްކޮށްފައިވާތީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
ނިހާދަށް ހަމަލާދިނީ ކޮން ބައެއް ކަމެއް އަދި ނޭނގެއެވެ. އޭނާއަށް ހަމަލާދިނީ ވޯޓުލާ މަރުކަޒެއްގެ ކައިރީގައި ހުންނަވަނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފޭދޫ ސިއްހީ މަރުކަޒުގައި އަންނަނީ އޭނާއަށް ފަރުވާދެމުންނެވެ.