މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މިހާތަނަށް %52 މީހުން ވޯޓުލައިފިއެވެ.
ދެވަނަ ބުރުގެ ވޯޓުލުން ފެށީ ހެނދުނު 08:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 13:00 އާ ހަމައަށް 149,524 (%52.87) މީހުން ވޯޓުލާފައިވާ ކަމަށެވެ.
މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 138394 އަންހެނުންނަށާއި 144410 ފިރިހެނުންނަށެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 586 ފޮށި ބަހައްޓާފައިވެއެވެ.