އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.
ދަ ޑިމޮކްރެޓްސްގެ ބާނީ ރައީސް ނަޝީދުގެ އިތުރުން ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އިލްޔާސް ލަބީބާއި ޕާޓީގެ އިސް ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން މިހާރު ވަނީ ވޯޓު ލައްވައިފައެވެ.
ފުރަތަމަ ބުރުގައި ތިންވަނަ ހޯދި ޑިމޮކްރެޓްސްއިން ނިންމީ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށެވެ.
ނަމަވެސް އެ ޕާޓީގެ ގިނަ މެންބަރުން ބޭނުންވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނޫން ގޮތެކެވެ.