މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވޯޓު ލައްވައިފިއެވެ.
މިއަދު 11:04 ހާއިރު ރައީސް ޞާލިޙް ވޯޓު ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ޅ.އަތޮޅު ވޯޓު ފޮށްޓަށެވެ.
އޭގެ ކުރިން އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް ވަނީ ވޯޓު ލައްވައިފައެވެ.
ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކާމިޔާބު ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެއީ މިފަހަރު ވޯޓުލާ މީހުންގެ އަދަދު އިތުރުވުމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ކުރިމަތިވި ގޮންޖެހުމަކީ ވޯޓުލާން ދިޔަ މީހުންގެ އަދަދު މަދުވުން ކަމަށެވެ