ލ.ފޮނަދޫގައި ވޯޓު ކަރުދާސް ދޫކުރާއިރު ފާހަގަ ޖަހާފައި ހުންނަ މައްސަލައެއް ފެންމަތިވެއްޖެެއެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު އެކްސްގައި ކުރެއްވި ވިދާޅުވީ ފޮނަދޫގެ 3 ނަންބަރު ވޯޓު ފޮށީގައި ދޫކުރި 3 ކަރުދާހެއްގައި ކުރަހާފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށެވެ.
“މި 3 ކަރުދާސް ދޫކޮށްފައިވަނީ އަޅުގަނޑުމެންގެ ޔަގީން ވޯޓަކަށް.“
ވޯޓު ބާތިލު ކުރަން މިފަދަކަންތައް އެހެން ފޮށިތަކުގައި ކުރިޔަށްދޭތޯ ފާރަވެރިވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މި މައްސަލާގައި ވޯޓުލާ މަރުކަޒު ކައިރީގައި ރައްޔިތުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.