ފޯރިގަދަ ކެމްޕޭނަކަށްފަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށް ދަނިކޮށް ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަން ހާމަކޮށް ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ބުނީ ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުވައްމުލަކު ސިޓީން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް މަޢުލޫމާތު ސާފުކުރުމަށްފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ހާމަކުރެއެވެ.