ކުލަގަދަ ކެމްޕޭނަކަށް ފަހު މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓު ލުމުގެ ކުރިން، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ”އުފާވެރި އަމާން ރާއްޖެ“ ކެމްޕޭން ޓީމުން ބާއްވާ އެންމެ ފަހުގެ އިވެންޓު މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
އުފާވެރި އަމާން ރާއްޖެ ކެމްޕޭނު ޓީމުން ހާމަކުރާ ގޮތުގައި ރައީސް ޞާލިހުވެސް ބައިވެރިވެ ވަޑައިގަންނަވާ މި ހިނގާލުން މިއަދު ހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު، ސޯޝަލް ސެންޓަރުން އުސްފަސްގަޑަށެވެ.
މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:00 ގައި ކަމަށް ރައީސް ޞާލިހްގެ ކެމްޕޭނު ޓީމުން ހާމަކުރެއެވެ.
އުފާވެރި އަމާން ރާއްޖެ ސްލޯގަން އަކަށް ނަގައިގެން ކެމްޕޭނު ކުރަމުން އަންނަ ރައީސް ޞާލިހް ވަނީ އެ މަނިކުފާނުގެ ކެމްޕޭނުގެ އެންމެ ފަހު ޖަލްސާ އެމްޑީޕީގެ ސޯސަން ޖަގަހަ ކުރިމަތީގައި ރޭ ބާއްވާފައެވެ.