އާންމު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް މި ސަރުކާރުން ކުރިޔަށް ގެންދާ ”ބިންވެރިޔާ“ ސްކީމުގެ ދަށުން ދިނުމަށް ނިންމާފައިވާ ހުރިހާ ގޯތިތަކެއް މި ދައުރު ނިމުމުގެ ކުރިން ބިން ކަނޑާ ގޯތި ހަވާލު ކޮށްދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނުބުރުގެ ކެމްޕޭންގެ ”އުފާވެރި އަމާން ރާއްޖެ“ އެންމެ ފަހުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ޞާލިހް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދާ ދެމުން އަންނަ ކަމަށެވެ.
ހަމަ އެހެންމެ މި ދައުރު ނިމުމުގެ ކުރިން ބިން ކަނޑާ ގޯތި ހަވާލު ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިގޮތުން އަންނަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައި ހުރި ހުރިހާ ގޯތިތަކެއްގެ އިން ވަކިކޮށް ބިން ކަނޑައި ރަޖިސްޓްރީ ހަވާލުކޮށް ދެއްވާނެ ކަމަށް ވެސް ރައީސް ޞާލިހް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން އެ ގޯތި ތަކުގައި ގެ އިމާރާތް ކުރެވޭނޭ މަގުތައްވެސް ހައުސިން ބޭންކެއް ޤާއިމް ކުރައްވައިގެން ފަހިކޮށް ދެއްވާނޭ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
Goathi libunukamah vaanee fenaa karantaa, narudhamaa aai maguthah hedhifa huri hikivas bimakun thankolheh libun. Kuriyah oiy 10 aharun ves mikankan furihama nuvaavey falhehge kurehun dhahkaigen Male meehunge boleh nukeveyne.