މާލެ ތޮއްޖެހި ”އެކަކު އަނެކަކު“ ގައިމަތީގައި ދިރިއުޅެމުން ދިޔަ އިރު ސަރުކާރުތަކުން ދައްކަމުން އައީ ބަހަނާ ކަމަށް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވީ މާލެ ތޮއްޖެހި ”އެކަކު އަނެކަކު“ ގައިމަތީގައި ދިރިއުޅެމުންދާތާ އެތައް ޒަމާނެވެގެން ދިޔަ އިރު ވެސް ކުރީގެ ސަރުކާރުތަކުން ދައްކަމުން އައީ ބަހަނާ ކަމަށެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ގެންދަވަނީ ގޯތި ދޭނެ ކަމަށް އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަވަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން ގޯތި ކަނޑާ ބިމުގެ ރަޖިސްޓްރީ ދީފައި އޮތް ނަމަވެސް ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުގެ ވެރިކަމުގައި ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅަށް އެ ގޯތިތައް ބަދަލުކުރަން އުޅޭ ކަމަށެވެ.
”އެހެންވީމާ މިހާރު ހަވާލުކޮށްފައި ހުރި ގޯތިތައް އަތުނުލާނެ ކަމަށް ވިސްނައިވަޑައިނުގަންނަވާތި. އަތުލާނެކަން ޔަގީންކުރައްވާ އެ ބޭފުޅުން ވަޑައިގެންފިއްޔާ ދެން ތި ބޭފުޅުން އުޅުއްވަން ޖެހޭނީ ވާދޫ ކަނޑު ހުރަސްކޮށްފައި އޭގެ އެކޮޅުމަތީގައި (ފުށިދިއްގަރު ފަޅު)،“ ޝާހިދު ވިދާޅުވިއެވެ.
ގޯތިތައް އޮންނާނެކަން ކަށަވަރުކުރެވޭނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރައީސް ޞާލިހަށް ވޯޓުދެއްވައި އެމަނިކުފާނު އިންތިހާބު ވެގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އެ ފަދައިން ވިދާޅުވީ އެމްޑީޕީ ސޯސަން ޖަގަހަ ކަންމަތީގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.
Mi sarukaarun Male ge thohjehun rangalhu kuran kuri kameh neiy. Goathi dhevey varah tharahgee kurevunu bimeh ves neiy. Goatheege rejistry dheegen ulhenee kuree sarukaarun hikki bimun. Kankan kurevey meehunnaa nukurevey meehun mihaaru rayyithunnah noalheyne.
މަނިކުފާނުގެ ގެއިން އެފަދަ މީހުންނަށް ކޮޓަރި ދެއްވަން ފެނޭ.
Hulhumale Phase 2 Gai rayyithunnah Yaameen alhai dhee hawaal kuri 1 lakka meehun ge therein 50 Haas meehun ethanah vana nudhee 3 aharah vure Gina dhuvahu hifehettey Solih kaleymen. Dhenthibi 50 Haas adhives vana nudhee thiya hifahattanee
Mi vee 5 aharu.