ބޮލީވުޑްގެ ތަރި ވިދްޔާ ބަލަން ކަސްރަތު ކުރި ނަމަވެސް ހަށިގަނޑު ރީތި ބައްޓަމަކަށް ގެންނަން އުނދަގޫވާ ކަމަށް އޭނާ ހާމަކޮށްފިއެވެ.
މި ފަހުން އޭނާ ހާމަކޮށްފައިވާ އޭނާ އަކީ އަބަދުވެސް ގަވާއިދުން ކަސްރަތ ކުރާ މީހެއް ކަމަށާއި ނަމަވެސް އޭނާގެ ބަރުދަން ލުއިކޮށް ހަށިގަނޑު ބައްޓަމަށް ގެންނަން އެހާމެ އުނދަގޫ ކަމަށެވެ.
ކެއުމުގައި ވެސް އޭނާ އުޅެނީ ވަރަށް ބަލައިގެން ކަމަށާއި ފަލަ ކަމަށް ބުނެ ގިނަ މީހުން އޭނާއަށް މަލާމަތް ކުރާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އޭނާ ކިތަންމެ ހިކެން ބޭނުންވި ނަމަވެސް އެކި ކަހަލަ ސާޖަރީތަކާއި އިންޖެކްޝަން ބޭނުން ނުކުރާނެ ކަމަށް ވެސް އޭނަ ވަނީ ހާމަކޮށްފައެވެ.