ބޮލީވުޑްގެ ބަތަލާ ރަވީނާ ޓަންޑަން ދާއިރާއާއި ދުރުގައި އުޅުނީ އިންސާފުވެރިކޮށް ކަންކަން ކުރިއަށް ނުދާތީ ކަމަށް އޭނާ ހާމަކޮށްފިއެވެ.
ބޮލީވުޑްއާއި ދުރުގައި އުޅުމަށްފަހު އެނބުރިއައި ރަވީނާ ހާމަކޮށްފައިވާ ގޮތުގައި އޭނާއާއި ދޭތެރޭވެސް ވަރަށް ބޭއިންސާފުވެރިކޮށް ކަންކަން ކުރިމަތިވި ކަމަށާއި އެހުރިހާ ކަމަކާއި ހުރެ އޭނާ މި ދާއިރާއިން ދުރަށް ދިޔަ ކަމަށެވެ.
އެގޮތުން އޭނާއަށް ފިލްމުތައް ދިނުމަށްފަހު ސޮއީ ވެސް ކޮށްފައި ވަނިކޮށް އޭނާއަށް ނޭނގި އެ ފިލްމުން ބޭރުކޮށް އެހެން ތަރިންއަށް އެ ފިލްމަށް ނެގުން ފަދަ ކަންކަން ކުރި ކަމަށާއި އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑެތި ގެއްލުން ތަކާއި ކުރިމަތިވި ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
2006 އަހަރުގައި ނެރުން ”ސޭންޑްވިޗް“ ފިލްމަށް ފަހު ބްރޭކެއްގައި ހުރެ ރަވީނާ އެނބުރި ދާއިރާއަށް ނުކުމެފައި ވަނީ 2015 ވަނަ އަހަރުގައި ނެރުން ”ޗެހަރޭ“ އިންނެވެ.
މި ފިލްމަށް ފަހު ފާއިތުވު 8 އަހަރު ތެރޭ އޭނާ ކުޅެފައިވަނީ 4 ފިލްމެވެ. ނަމަވެސް ކުރިއަށް އަހަރުތަކުގައި ގިނަ ފިލްމުން ފެނިގެންދާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.