މައިކަލް ޖެކްސަންގެ ސިގްނޭޗާ މޫންވޯކް ޑާންސް ޕާފޯމް ކުރުމުގެ ކުރިން މައިކަލް ޖެކްސަން ލައިގެން ހުރި ހެދުން ޕެރިހުގައި ބޭއްވި ނީލަމުގައި ވިއްކާލީ 77،640 ޔޫރޯ (82،170 ޑޮލަރު) އަށް ވިކިއްޖެއެވެ.
ހޮޓެލް ޑްރޫޓް އޮކްޝަން ހައުސްއިން ބްލެކް ފެޑޯރާގެ އަގު 60،000-100،000 ޔޫރޯއާ ދެމެދުގެ އަދަދަކަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
މި ފެޑޯރާ އަކީ މިއުޒިކް ގެ ތާރީހުގައި ހާއްސަ ޖާގައެއް ހޯދާފައިވާ އެއްޗެކެވެ. މައިކަލް ޖެކްސަން އެނެމެ މަޝްހޫރުވި ދުވަސްކޮޅުގައި، 1983 ވަނަ އަހަރު ޓީވީ ން ގެނެސްދިން މޮޓައުން ކޮންސަޓެއްގައި ”ބިލީ ޖީން“ ގައި ހެޓް އަޅައިގެން އެންމެ ފުރަތަމަ އޭނާގެ އައިކޮނިކް މޫންވޯކް ހުށަހަޅައިދިން އިރު، ބެލުންތެރިން ތިބީ އާޝޯހުވެފައެވެ.
ރޮކް މެމޯރިބިލިއާގެ ގާތްގަނޑަކަށް 200 އެއްހާ އައިޓަމްތަކުގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބުނީ ލެޖެންޑަރީ ބްލޫޒްމަން ޓީ ބޯން ވޯކާގެ ގިޓާއަކަށޭވެ. އެއީ 129،400 ޔޫރޯއަށެވެ.