ދަރުމަވަންތަ ހޮސްޕިޓަލުން ކެންސަރު ބައްޔަށް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ޚިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޑރ. މުޢިއްޒު ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އެންމެ އެކަށީގެންވާ ގޮތަށް ބޭނުން ނުކުރާ ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފުޅާ ކުރައްވާނެ ކަމަށެވެ.
ހަމަ އެހެންމެ އައިޖީއެމްއެޗް އެހުރީ ވަރަށް ބޮޑަށް ވީރާނާވެފައި ކަމަށާއި އައިޖީއެމްއެޗުގެ ޚިދުމަތް ވެސް ބޮޑުތަނުން ރަނގަޅުކޮށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ތަރައްޤީ ކޮށް ”ދަރުމަވަންތަ ގްރޫޕް އޮފް ހޮސްޕިޓަލްސް“ގެ ގޮތުގައި ފުޅާކޮށް، ކެންސަރު ބައްޔަށް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ޚިދުމަތް ދެވޭނެ ނިޒާމް ފުޅާ ކުރައްވާނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ މަނިކުފާނުގެ ވިޝަންއަކީ ރައްޔިތުން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާން ޖެހޭ ޖެހުން މަދުކޮށް އެހެން ޤައުމުތަކުން ރާއްޖެއަށް ޚިދުމަތް ހޯދަން އަންނާނެ ފަދަ ގޮތަކަށް ރާއްޖޭގެ ސިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މި ދިވެހި ރާއްޖޭގެ ސިއްޙީދާއިރާ އަށް އެންމެ ބޮޑު ސަމާލުކަމެއް ދީގެން ސިއްހީ ދާއިރާ ކުރިއަރުވަން ކުރާ ކޮންމެ ބޭފުޅަކަށް%100 ތާއީދު އެބައޮތް.މިހެން މިދެންނެވީ ހުދު އަޅުގަނޑު މިއުޅޭ ހާލު އިނގޭނީ ހަމަ އަޅުގަނޑަށް ،އަޅުގަނޑުގެ ދަރިފުޅު ބަލިވެގެން ރާއްޖެ އިން ދެވޭނެ އެއްވެސް ފަރުވާ ގަނޑެއް ނެތިގެން އިންޑިޔާ އަށް އައިސް އުޅޭތާ މީ މިހާރު 4 އަހަރު އާއިލާއާ ދުރުގަ.މާތް.ޑރ.މުއިއްޒް އަށް ވޯޓެއް