ޕީޕީއެމްޕީ/އެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ކެމްޕޭން ނިންމާލުމުގެ ގޮތުން މާދަމާ ހަވީރު ބޮޑު ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
“ދިވެހިންގެ ރާއްޖެ“ ނަމުގައި ބާއްވާ ހިނގާލުން ފަށާނީ މާދަމާ ހަވީރު 15:45 ގައި ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
“ދިވެހިންގެ ރާއްޖެ“ މި ޝިއާރުގެ ދަށުން ކެމްޕޭން ފަށްޓަވައި ޑރ.މުޢިއްޒާއި އެމަނިކުފާނުގެ ރަނިންމޭޓް ޙުސައިން މުޙައްމަދު ލަޠީފް ވަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގައި ރާއްޖޭގެ ގިނަ ރަށްރަށަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލަތު އޮޅުން ފިލުއްވައިފައެވެ.
މުޢިއްޒު ވިދާޅުވި ގޮތުގައި މުޅި ރާއްޖޭގެ އުުތުރުން ދެކުނަށް ކުރެއްވި ދަތުރުފުޅުން ހާމަވެގެންދިޔައީ ރައްޔިތުން ބޭނުންވަނީ ބަދަލަކަށް ކަމަށް ކަމަށެވެ.