އިސްލާމްދީނާއި މިނިވަންކަމާއި ދިވެހިންގެ ތަރައްގީއަށްޓަކައި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އެންޑޯޒް ކުރައްވާފައިވާ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒަށް ވޯޓު ދެއްވުމަށް ޔާމީންގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމް އެދިވަޑައިގެންފިއެވެ.
މެޑަމް ފާތުން މިރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލުގެ ތޭރިތަކުގެ ތެރޭގައި ސިޔާސީ ދައުވާކޮށް ބޭއިންސާފުން ގައިދުކޮށް ހައްޔަރު ކުރުމުގެ ކުރިން ކުރެއްވި އެންމެ މުހިންމު މަސައްކަތްޕުޅަކީ ދިވެހިރާއްޖެ މިނިވަންކުރެއްވުމަށް ވަކާލާތު ކުރެއްވުން ކަމަށެވެ. އެ މަސައްކަތް އެމަނިކުފާނު ނުކުރެއްވިނަމަ މިއަދު ވެސް ގޭގައި ”އަޅުގަނޑާއި އާއިލާއާ އެއްކޮށް ހުންނެވުމުގެ ފުރުސަތު ބޮޑު“ ކަމަށް މެޑަމް ފާތުން ވިދާޅުވިއެވެ.
”އެހެން ނަމަވެސް ރައީސް ޔާމީނާއި ރައީސް ޔާމީންގެ އާއިލާއަށްވުރެ ދިވެހިންގެ އިސްލާމީ ދިރިއުޅުމާއި ދިވެހިވަންތަކަމާއި މި ގައުމުގެ މިނިވަންކަން އެމަނިކުފާނަށް މާ މުހިންމުވި. އަނިޔާވެރިންގެ އަނިޔާ އެމަނިކުފާނާ ދިމާއަށް އަންނާނެކަން އެނގިހުރެ އެމަނިކުފާނު ޚިޔާރު ކުރެއްވީ ގައުމުގެ މިނިވަންކަމަށް ގުރުބާންވެވަޑައިގެންނެވުމަށް.“
ފާތުން ވިދާޅުވީ ހޮނިހިރު ދުވަހަކީ ރާއްޖޭގެ މިނިވަންކަން އަނބުރާ އިއާދަކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި މި ވޯޓުގެ ނަތީޖާއަކަށްވެގެންދަނީ ދިވެހިންގެ ރާއްޖެ އަނބުރާ ދިވެހިންނަށް ލިބުންކަން ވެސް ފާހަގަކުރެއްވިއެވެ.
”އިސްލާމްދީނާއި މިނިވަންކަމާއި ދިވެހިންގެ ތަރައްގީއަށްޓަކައި އަޅުގަނޑުގެ ފިރިކަލުން ރައީސް ޔާމީން ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ރަނިންގމޭޓް ޙުސައިން މުޙައްމަދު ލަޠީފަށް ވޯޓު ދެއްވުމަކީ އަޅުގަނޑުގެ ހިތުގެ އިޚުލާސްތެރި އާދޭސް.“
ފާތުން ވިދާޅުވީ ރައީސް ޔާމީނާ ދިމާވާ ކޮންމެ ފަހަރަކު އެމަނިކުފާނު ވިދާޅުވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަ ވެރިކަން މިއަދު އޮތީ އެހެން ބައެއްގެ އަތް ދަށުގައި ކަމަށް ކަމަށާއި މިއަދު ދިވެހި ބިމުގައި ދިވެހިންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވަމުން ކަމަށް ކަމަށެވެ.
މިހާރު ރާޖޭގަ ވަނީމިނިވަންކަމާ އިސްލާމްކަމާ ގެއްލެމުންދާ އަދި ބިޔަ ޮޑުދަރަންޏެއް.އަދި ދިވެހިންނައް އަޅާނުލާ އިހުތިރާމުނުކުރާ ދިވެހިން އުޅުނަސްނޫޅުނަސް ވަރިހަމަސަރުކާރެއް މިބާވެރިކަމުން ސަލާމަތް ކުރައްވާށި امين
Allah ge dhevana dhariey kiyaafa vaahaka dhekkee kaaku
Siyaasee emmeha beyfulhun jalah lee kaaku
Saudhee in fonuvi kadhuruthah baduga elhee kaaku
Geyan van faisaa akee halaal faisa tho nubalaanamey bunee kaaku
Mihaaru raajeygaiothee kaafirudheeenettha