މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޑރ.މުޙައްމަދު ކިނާނަތު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޑރ.ކިނާނަތު އެ މަގާމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މިހާތަނަށް ވަރަށްގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ އަދި މިހާރު ވެސް އެ ޚިދުމަތުގައި ދެމި ހުންނެވި ޑރ.ކިނާނަތު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޑީންގެ މަގާމު ވެސް ފުރުއްވާފައެވެ.