ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް އެމްޑީޕީން ވަކިވެވަޑައިގެންފިއެވެ.
އެމްޑީޕީން ވަކިވެވަަޑައިގެންނެވިކަން ހާމަކުރައްވައި މިދިޔަ އަންގާރަ ދުވަހު އެ ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް ފޮނުއްވި ސިޓީގައި ހައިތަމް ވިދާޅުވެފައިވަނީ ވަކިވެވަޑައިގަންނަވަން ނިންމެވީ ޕާޓީގެ އުސޫލުތައް ގަބޫލު ނުކުރެއްވޭތީ ކަމަށެވެ.
ހައިތަމް އެމްޑީޕީން ވަކިވެވަަޑައިގެންފައިވާއިރު ދާދިފަހުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޕީޕީއެމްއަށް ސޮއިކުރައްވައިފައެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި ވަނީ ޕާޓީއެއް ވެސް އުފައްދަވައިފައެވެ.